އެކްސިޑެންޓް

ހުރަވީ ބިލްޑިންގެ ބެލްކަނީ ޝީޓެއްގައި ބައެއް ވެއްޓިއްޖެ

ޒަމާންވުމުގެ ސަބަބުން ވަރަށް ބޮޑަށް ބާވެ، އަދި ރައްކާތެެރި ކަމާމެދު ސުވާލު އުފެދިފައިވާ ހުރަވީ ބިލްޑިންގުގެ ބެލްކަނީ ޝީޓެއްގެއް ބައެއް މަގުމައްޗަށް ވެއްޓިއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

އޮފީސް އެކުވެންޏެއްގެ ގޮތުގައި ބޭނުން ކުރާ ހުރަވީ ބިލްޑިންގުގެ އަމީރު އަހުމަދު މަގަށްވާ ފަޅިން ބެލްކަނީގެ ޝީޓެއް ވެއްޓި އެ ސަރަހައުގައި ހުރި ސައިކަލެއްގައި ޖެހި ގެއްލުންތައްވި އެވެ.

ފުލުހުން އެކަން މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާނެ ކަމަށާއި ކައުންސިލްގެ އިދާރާއިން މިހާރު އެ ސަރަހައްދު ބވަލަމުން އަންނަ ކަމަށެވެ.