ހަބަރު

މަޖީދީ މަގުން ކާރެއްގައި ރޯވެއްޖެ

Apr 16, 2019
1

މަޖީދީ މަގުގެ "ކެމްޕަސް" ފިހާރަ ކައިރިން ދަތުރު ކުރި ކާރެއްގެ ރޯވެއްޖެ އެވެ. އަލިފާނުގެ މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ ކާރެއްގައި ރޯވި ކަމުގެ މައުލޫމާތު ލިބުމާ ގުޅި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެ އަލިފާން ނިއްވާލުމަށްފަހު އެ ކާރު މާލޭގެ އިންޑަސްޓްރިއަލް ޒޯނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަލިފާނުގެ މި ހާދިސާ ހިނގީ 7:30 ގައި ކަމަށެވެ. މިރޭ މި ހާދިސާގައި އަލިފާން ރޯވީ ކާރުގެ ހެޑްލައިޓްގަ އެވެ.

ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން މިދިއަ ހަފުތާގައި ސިފަންގެ ފަޔާ އެންޑް ރެސްކިއޫއިން ހާމަ ކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.