ދިރާގު

ދިރާގުގެ 78 މުވައްޒަފަކަށް އިނާމް ދީފި

Apr 16, 2019

މުއާސަލާތީ ކުންފުނި ދިރާގުގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ބާއްވާ އިނާމު ޖަލްސާ ރޭ ބާއްވައިފި އެވެ.

ރޭ ދަރުބާރުގޭ ބޭއްވ ދިރާގު 30 ވަނަ އިނާމު ޖަލްސާގައި ޗެއާޕާސަންސް އެވޯޑް ހާސިލް ކޮށްފައިވަނީ އެސިސްޓެންޓް މެނޭޖާ ލީގަލް އެންޑް ރެގިއުލޭޓަރީ ފާތުމަތު ޝޫޒީ އެވެ.

މި ހަފްލާގައި ލޯންގްސާވިސް އެވޯޑާއި އިނޮވޭޝަން އެވޯޑާއި އައުޓްސްޓޭންޑިން ލީޑާ އެވޯޑާއި ވިޝަނަލް މެރިޓް އެވޯޑް, އަދި ސްޕެޝަލް މެރިޓް އެވޯޑް 78 މުވައްޒަފަކަށް ދިނެވެ.

އައުޓްސްޓޭންޑިން ލީޑާ އެވޯޑް ކާމިޔާބު ލިބުނީ މެނޭޖާ ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޝަފީއު އަދި ޕްރޮޑަކްޓް މެނޭޖާ މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝާނެވެ.

ދިރާގުން ބުނީ މުވައްޒަފުންގެ މަންފާ އާއި ކުރިއެރުމަށް ދިރާގުން އިސްކަކަން ދޭ ކަމަށާއި މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮ ކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށްގަންނުވަން މަސައްކަތް ކުރާ ކަމަށެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 30 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ.