ލައިފްސްޓައިލް

އެޕަލްގެ އިސްތިހާރެއްގައި ރާއްޖެ!

ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި އެޕަލް އިން އިއްޔެ ވަނީ، އެ ކުންފުނީގެ ބައެއް އާ އުފެއްދުންތައް ބޭނުުން ކުރާނެ ގޮތުގެ ވީޑީއޯ ތަކެއް ދަައްކާލާފަަ އެވެ. މި ވީޑިއޯ ތަކުގެ ތެރެއިން އެއް ވީޑިއޯ ހާއްސަ ކޮށްފައިވަނީ ރާއްޖެ އަށެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނިން އިއްޔެ ދޫކޮށްލި "ޝޮޓް އޮން އައިފޯން އެކްސް - ދަ ރީފް މޯލްޑިވްސް" މި ވީޑިއޯގެ ހުރިހާ މަންޒަރެއް ވެސް ނަގާފައިވަނީ ރާއްްޖޭގައި، ދިވެހި ދެ ޒުވާނުންނާއެކު އެވެ. ކަނޑުއަޑީގެ ގުދުރަތީ ރީތި މަންޒަރުތައް ދައްކާލި މި ވީޑިއޯއަަކީ ރާއްޖޭގެ މިޔަރާއި ކަނޑު އަޑީގެ ދިރާސާ އެއް ކަމަށްވާ ކަމަށްވާ (އެމްޑަބްލިއުއެސްޕީއާރް) ގެ މައުލޫމާތުތައް ނަގަން ކުރާ މަސައްތައް ދައްކުވައިދޭ ވީޑިއޯ އެކެވެ.

ވީޑިއޯގައި ފެންނަ ރާއްޖޭގެ ދެ ޒުވާނުންނަކީ މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަަކާތްތެރިވާ ބައެއްކަން ވީޑިއޯ ފެށޭ އިރު ފާހަގަ ކޮށްފައި ވެއެވެ.

މި ދިރާސާއަށް ބޭނުންވާ މައުލޫމާތު ނެގުމަށް އެޕަލްގެ އައިފޯން އެކްސް އެސް އިން އަައިއޯއެސް އެޕްލިކޭޝަނެއް ބޭނުން ކުރާނެ ގޮތް އިސްތިހާރުގައި ދައްކަ އެވެ.

"ޝޮޓް އޮން އައިފޯން އެކްސް - ދަ ރީފް މޯލްޑިވްސް" މި އިސްތިހާރު ނަގާފަައިވަނީ އަރިއަތޮޅު ދިގުރަަށުގަ އާއި އެ ސަރަހައްދު ކަނޑުމަތީގައި ކަމަށް އިސްތިހާރުގައި ބުނެ އެވެ.

ދިިގުރަށް އޮންނަ ސަރަހައްދަކީ ރާއްޖޭގެ އެންމެ ބޮޑު ފަރު އޮންނަ، އަދި ކަނޑު އަަޑީގެ ދިރުންތައް ގިނަ ވެފައި ފުރިހަަމަ ސަރަހައްދެއް ކަމަށްވެސް ފާހަގަ ކޮށްފަަ އެވެ.

މި އިސްތިހާރުގައި ރާއްޖޭގައި މިޔަރާއި ކަނޑު އަޑީގެ ދިރާސާތައް ކުރަމުން އަންނަ "ދަ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް"އާ ބެހޭ ގިނަ މައުލޫމާތުތައް ގެނެސްދީފައިވެ އެވެ. އަދިި، މިޔަރެއް ހޯދުމަށް އެޕަލްގެ އެޕްލިކޭޝަން ބޭނުން ކުރާނެ ގޮތް ރާއްޖޭގެ ދެ ޒުވާނުންނާއެކު ވަނީ ފުރިހަމަ އަށް ދައްކުވައިދީފައިވެ އެވެ.

ޔޫޓިއުބްގައި އާއްމުކޮށްފައިވާ މި އިސްތިހާރު މިހާތަނަށް ލައްކަ އަކާ ގާތް ކުރާ އަދަދެއްގެ މީހުން ހަމައެކަނި ޔޫޓިއުބް މެދުވެރިކޮށް ބަލާފައި ވެ އެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު މީޑިއާތަކުން ވަނީ އެޕަލްގެ އިސްތިހާރެއްގައި ރާއްޖޭގެ މަންޒަރުތައް ހިމަނާފައިވާ ކަން ފާހަގަކޮށް އެކިި ވެބްސައިޓުތަކުގައިވެސް ހިއްސާ ކޮށްފަ އެވެ.