ވިޔަފާރި

އިންޑިއާގައި އިސްތިހާރު ކުރަން ޓްރެވަލް ބްލޮގަރުން ރާއްޖެއަށް

Apr 17, 2019

އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރަން އެ ގައުމުގެ ޓްރެވަލް ބްލޮގަރުންނާއި ނޫސްވެރިންގެ ގްރޫޕެއް މިއަދު ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އިންޑިއާގެ ނޫސްވެރިންނާއި ބްލޮގަރުން އަދި ނޫސްވެރިންގެ މި ގްރޫޕު ރާއްޖޭގައި މިމަހުގެ 15-20 އާ ހަމައަށް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ގްރޫޕުގައި މީޑިއާގެ ޓީމުގައި އިންޑިއާގެ މަޝްހޫރު ޕަޔޮނިގް ގްރޫޕް އާއި އައުޓްލުކް ޓްރެވަލާސް ގެ ލިއުންތެރިން ހިމެނޭނެ ކަމަށެވެ. މި ގްރޫޕުގައި އެ ގައުމުގެ އެންމެ މަޝްހޫރު ޓްރެވަލް ސައިޓު ކަމަށްވާ ސޯލްޓް އެންޑް ސެންޑަލްސްގެ ލިއުންތެރިޔާ ސިންދިގާ ބޯމިން އާއި ޓްރެވަލް ސީރައިޓްސްގެ ލިއުންތެރިޔާ އަރްޗަނާ ސިންގްގެ އިތުރުން ދެޓް ދޭސީ ގާލް ބްލޮގުގެ ލިއުންތެރިޔާ ޕައްލަވީ ޗަތުރުވެދި އާއި އެ ގައުމުގެ ފްރީލާންސް ނޫސްވެރިއެއް ކަމަށްވާ ނިވީ ޝިރިވަންތަވާ ހިމެނެ އެވެ.

އިންޑިއާގެ މީޑިއާ ޓީމުގެ ފޭމް ޓްރިޕުގެ މެންބަރުން ފުރަތަމަ ދާނީ ގުރައިދޫ ޕާމްއިން ގެސްޓްހައުސްއަށެވެ. މި ޓީމުން ދިވެހި ކެއުންތައް ތަޖުރިބާ ކުރާނެ އެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި ދަތުރަކީ ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަ ކުރުމަށް ކުރިއަށް ރާވާފައިވާ ދަތުރުތަކުގެ ބައެއް ކަމަށެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ އެއް ގައުމެވެ. އެ ގައުމުގެ ބައެއް އެއާލައިންތަކެއްގެ ދަތުރުތައް ފެށުމާއި ޕްރޮމޯޝަންއަށް ހިންގާ ހަރަކާތްތައް ގިނަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު އެގައުމު ހިމެނިފައިވަނީ އެންމެ ގިނައިން މީހުން އަންނަ ހަތް ގައުމުގެ ތެރޭގަ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި މި ސަރުކާރުން ވަނީ ބަޖެޓު ބޮޑުކޮށްފަ އެވެ. މި އަހަރު ރާއްޖެ އިސްތިހާރު ކުރުމަށް 19 ފެއާއެއްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި ކުރިން ރާއްޖެއިން ނުދާ ބައެއް އާ ފެއާތައް ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރްސީން ފެއާތަކުގައި ބައިވެރިވާއިރު މީގެ ކުރިން ނޫސްވެރިންނަށް ފުރުސަތު ދެ އެވެ. ނަމަވެސް މިހާރު ވަނީ އެކަން ހުއްޓާލާފަ އެވެ.