މިރޭ ކާނިވާ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ކާރެއްގެ ދަށުވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 10:30 ކަންހާއިރު، ކާނިވާ ސަރަހައްދުގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ސައިކަލު ކާރު ދަށުވެފައި އޮތް ކަމުގައިވީނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ފޯކްލިފްޓެއް ބޭނުންކޮށްގެން މިހާރު ވަނީ ކާރު ދަށުން ސައިކަލު ނަގާފަ އެވެ.