ހަބަރު

ޝަރަފުގެ ހިނގާލުމުގައި އުޅަނދުތައް ދައްކާލަނީ

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި، ސިފައިންގެ ބައެއް އުޅަނދުތައް ދައްކާލުމަށް ހަމަޖެހިއްޖެ އެވެ.

މާދަމާ ހަވީރު 04:00 ގައި މާލެ ސިޓީގައި ބާއްވާ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ފެށިގެން ކަޅުތުއްކަލާ ކޮށްޓަށެވެވެ. މި ހިނގާލުމުގައި ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކުގެ ތެރެއިން ފަޔާ ވެހިކަލްތަކާއި ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް އާއްމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ، ޝަރަފުގެ ހިނގާލުމުގައި ފަސް ސަރަހައްދެއްގައި މަޑުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ މުލިއާގެ ކައިރިއާ ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި، މަޖީދީމަގާއި ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަޗާއި، މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމައްޗެވެ.