ވިޔަފާރި

ލެކިއުޓުން "ކާޓިއޭ" ސެންްޓު ތައާރަފު ކޮށްފި

ފްރާންސްގެ ލަގްޒަރީ ބްރޭންޑު، "ކާޓިއޭ"ގެ ސެންޓު ލެކިއުޓުން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.

ބްރޭންޑެޑް ލަގްޒަރީ ސެންޓުގެ ވިޔަފާރި ރާއްޖޭގައި ކުރާ ލެކިއުޓުން އަލަށް ތައާރަފު ކުރި "ކާޓިއޭ" ބްރޭންޑު ސެންޓުގެ ތެރެއިން އަންހެނުންނަށް ހާއްސަ ތިން ވަންތަރަކާއި ފިރިހެނުންނަށް ހާއްސަ ތިން ވައްތަރެއް ވަނީ ނެރެފަ އެވެ. މީގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭ، ޔުނިސެކްސްގެ ތަފާތު ސެންޓުތަކެއް ވެސް ނެރެފައިވެ އެވެ.

"ކާޓިއޭ" އަކީ 1981 ވަނަ އަހަރު ފްރާންސްގައި އުފެއްދި ކުންފުންޏެކެވެ. އެ ބްރޭންޑު މަޝްހޫރު ވެފައިވަނީ އަގުހުރި ގަހަނާ އާއި ސެންޓުގެ އުފެއްދުންތަކުންނެވެ. މި ބްރޭންޑުން އަންނަނީ ލަގްޒަރީ އެހެން އުފެއްދުންތައް ވެސް މާކެޓަށް ނެރެމުންނެވެ.

"ކާޓިއޭ" ބްރޭންޑުގެ ރާއްޖޭގެ އެކްސްކްލޫވިކް ރީޓެއިލާ އަކީ ލެކިއުޓެވެ. ލެކިއުޓްގެ އޮންލައިން ފިހާރައިންނާއި އައުޓްލެޓްތަކުން ވެސް މި ބްރޭންޑުގެ ސެންޓު ލިބޭނެ އެވެ.