ހަބަރު

މިލަދޫ ސްކޫލް ތިޖޫރީ ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ނަގައިފި

ނ. މިލަދޫގެ ހިދާޔާ ސްކޫލް ތިޖޫރީ ފަޅާލައި ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ހިދާޔާ ސްކޫލްގެ އިސް މުވައްޒަފެއް ކަމަށްވާ އަބްދުﷲ ހަނީފް ވިދާޅުވީ ތިޖޫރި ފަޅާލައިގެން ފައިސާ ވަގަށް ގެންގޮސްފައިވާކަން އެނގުނީ މިއަދު ހެނދުނު 8:30 ގައި ސްކޫލް ހުޅުވުމުން ކަމަށެވެ. އަދި، ސްކޫލް ތިޖޫރީ އިން ވަގަށް ގެންގޮސްފައި ވަނީ ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ކަމަށާއި ސީދާ އަދަދެއް އަދި ޔަގީން ނުކުރެވޭ ކަމަށެވެ.

"ސްކޫލް ހުޅުވި ގަޑީގައި ތިޖޫރީ ފަޅާލާފަވާ ކަން އެނގުނީ. ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ހުންނާނެ. އޭގެ ތެރެއިން ގިނަވާނީ ސްކޫލުން މަސައްކަތު ދުވަސް ފާހަގަ ކޮށްގެން ލިބިފައި ހުރި ފައިސާ" ހަނީފު ވިދާޅުވި އެވެ.

މިލަދޫގެ ހިދާޔާ ސްކޫލް ތިޖޫރި ފަޅައިިލި މައްސަލަ ބެލުމަށް މަނަދޫ ފުލުހުން މިހާރު އެރަށަށް އައިސްފައިވާ ކަމަށްވެސް ހަނީފް ވިދާޅުވި އެވެ.

ފަހަކަށް އައިސް ގިނަ ތިޖޫރިތައް ފަޅާ ބޮޑެތި އަދަދުތަކުން ފައިސާ ވަގަށް ނަގަ އެވެ.