ވިޔަފާރި

ވޯލްޑް ޓްރެވަލް އެވޯޑުގެ ހަތް ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ

ޓޫރިޒަމް ސިނާއަތުގެ "އޮސްކާ" ގެ ގޮތުގައި ބަލާ ވޯލްޑް ޓްރެވަލް އެވޯޑުގެ ހަތް ކެޓަގަރީ އަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ބުނި ގޮތުގައި ޓްރެވަލް އެވޯޑުގައި ރާއްޖެ ވަނީ ހަތް ކެޓަގަރީ އަކުން ނޮމިނޭޓް ވެފަ އެވެ. ރާއްޖެ ނޮމިނޭޓް ވެފައިވާ ހަތް ކެޓަގަރީ އަކީ:

  • ލީޑިންގް ޑެސްޓިނޭޝަން
  • ލީޑިންގް ބީޗް ޑެސްޓިނޭޝަން
  • ލީޑިންގް ހަނީ މޫން ޑެސްޓިނޭޝަން
  • ލީޑިންގް ޑައިވް ޑެސްޓިނޭޝަން
  • ލީޑިންގް ކްރޫޒް ޑެސްޓިނޭޝަން
  • ލީޑިންގް ގްރީން ޑެސްޓިނޭޝަން
  • ލީޑިންގް ޓޫރިސްޓް ބޯޑު

އޮނަވާރަ ސަތޭކަ ތިން ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއްނެތި ބާއްވަމުން އަންނަ މި އެވޯޑުގެ އެކި ކެޓަގަރީތަކުގައި ރާއްޖެ ނޮމިނޭޓް ވެފައިވާއިރު، މި އެވޯޑުތަކުން މީގެ ކުރިންވެސް ރާއްޖެ ވަނީ ފަހުރުވެރި ވަނަ ތަަކެއް ހޯދާފަ އެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ލިބެމުންދާ އެވޯޑުތައް ވެގެންދަނީ ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ވާން ލިބޭ މުހިންމު ފުރުސަތަކަށެވެ.