ހަބަރު

41 ފޯނު ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

މާލޭގައި ފޯނު ވިއްކާ ފިހާރައަކުން 41 ފޯނު ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަޖީދީ މަގުގައި މޯބައިލް ވިއްކާ ފިހާރަ އަކުން މިދިއަ ބުދަ ދުވަހު 41 މޯބައިލް ފޯނު ވަގަށް ނެގި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 33 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އެމީހާ ވަގަށް ނަގާފައިވާ 41 ފޯނުގެ ތެރެއިން މިހާތަނަށް 20 ފޯނެއް ވަނީ ހޯދާފަ އެވެ.

ފަޅައިލި މޯބައިލް ފިހާރައިގެ ނަން ފުލުހުން ހާމަ އެއް ނުކުރެ އެވެ.