ހަބަރު

ލަންކާގެ ހަމަލަތަކާ ގުޅިގެން ކެބިނެޓްގައި މަޝްވަރާކޮށްފި

Apr 23, 2019
9

މިދިއަ އާދީއްތަ އަވައްޓެރި ސްރީލަންކާއަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި އެވެ.

މިއަދު ވަޒީރުންގެ މަޖިލީހުގައި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ހާލަތާ ބެހޭ ގޮތުން ކުރި މަޝްވަރާގައި މިފަދަ ޓެރެރިސްޓް ހަމަލާތަކުން ރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ގޮތުން އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

ސްރީލަންކާގެ ހަމަލާގައި މިހާތަނަށް 310 މީހުން މަރުވެފައި ވާއިރު 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.