ހަބަރު

މަޑަވެލީގައި ކަރަންޓެއް ނެތް

Apr 23, 2019
2

ގދ. މަޑަވެލިން ކަރަންޓު ކެނޑި، ރަށުގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

އެ ރަށުގައި ކަރަންޓުގެ މައްސަލަ ޖެހުނުތާ މިހާރު ވަނީ ދެ ދުވަހެއް ވަރު ވެފަ އެވެ. ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެ އެވެ.

މަޑަވެލިން ވާހަަކަ ދެއްކި ރައްޔިތަކު ބުނި ގޮތުގައި މިރޭ އިރުއޮއްސެނިކޮށް ކަރަންޓު ދިޔަ ގޮތަށް އަދިވެސް ކަރަންޓު ނުލިބެ އެވެ. އޭގެ ސަބަބުން ތުއްތު ކުދިން ނިންދެވުމަށާއި އެހެން ވެސް ޒަރޫރީ ބޭނުންތަކަށް ދަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ކަރަންޓު ކެނޑެނީ ކިހާ އިރަކަށް ކަމެއް އަދި ކުރިއާލާ އެއްވެސް އެންގުމެއް އަންގާފައިނުވާ ކަމަށް އޭނާ ބުންޏެވެ. މިކަމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލްގެ ބަހެއް ނުލިބުނެވެ.

މަޑަވެއްޔަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެނީ ފެނަކަ ކޯޕަރޭޝަނުންނެެވެ.