ހަބަރު

ފަނޑިޔާރުކަމުން ވަކިވުމުން ވެސް އިނާޔަތްތައް ދޭ ބިލެއް

Apr 24, 2019
10

ފަނޑިޔާރުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފި އެވެ.

ފަނޑިޔާރުކަމުން ވަކިވާ ނުވަތަ ވަކި ކުރާ މީހުނަށް އިނާޔަތް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. އެ އިސްލާހުގައިވާ ގޮތުން ފަނޑިޔާރު މަގާމުން ވަކިވާ ކޮންމެ މީހަކަށާއި ފަނޑިޔާރު ކަމުގެ މަގާމު ނިމުމަކަށް ގެނެވޭ އުއްތަމަފަނޑިޔާރަށް ވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ލިބިދޭން ޖެހެ އެވެ.

އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ ތާވާލުކޮށްފަ އެވެ. އޭގެ އިތުރުން އިބްތިދާއީ ބަހުސަށް ފުރުސަތު ދިނުމަށްޓަކަައި ވޯޓަށް އެހުން ވެސް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ތާވަލް ކުރައްވާފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓު

މަގާމުން ވަކިވާ ފަނޑިޔާރުންނަށް އިނާޔަތް ލިބޭ ގޮތަށް ގާނޫނު ބަދަލު ކުރަން އުޅޭއިރު ކުރީގެ މަޖިލިސް މެންބަރުންނަށް ވެސް އިނާޔާތް ލިބޭ ގޮތަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ދާދި ފަހުން ވަނީ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ވެސް އިނާޔަތް ދޭ ބިލެއް ވަނީ ފާސްކޮށްފަ އެވެ.