ހަބަރު

މާލޭގައި ވަޅި ހަރައި ބިދޭސީއަކު ޒަހަމްކޮށްލައިފި

Apr 27, 2019
5

މާލޭގައި މިރޭ ބިދޭސީއެއްްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

އޯކިޑް މަގުގެ ސަލްސާ ރޯޔަލް ކައިރިން ވަޅި ހަރާފައި ވަނީ ބަންގްލަދޭޝްގެ ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ. މާރާމާރީ ހިންގައި ވަޅި ހެރީ 10:27 އެހާކަންހާއިރު އެވެ.

ފުލުހުން ބުނީ މިރޭ ގެ އެ ހާދިސާގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒަހަމްވި ބިދޭސީ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ބިދޭސީ އެ މީހާއަށް ހަމަލާ ދިނުމަށްފަހު އަނެއް ބިދޭސީ މީހާ ފިލަން މަސައްކަތް ކުރަނިކޮށް އޭނާ ވަނީ މިހާރު ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ "އިވްނިން މާޓް" ކައިރިންނެވެ.