ހަބަރު

މާލޭގައި ޓެކްސީ ކުރާ އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުން ދީފި

Apr 27, 2019
6

މާލޭގައި ޓެކްސީ ދުއްވާ އަންހެން ޑްރައިވަރުގެ ކާރު ހުއްޓުވާ އެ ކާރަށް ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ ޓެކްސީއަކަށް ގެއްލުން ދިން މައްސަލައެއް ރޭ 10:06 ގައި ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ރޭ ގެއްލުން ދީފައި ވަނީ މާލޭގައި ޓެކްސީ ކުރަމުން އަންނަ އަންހެން ޑްރައިވަރުގެ ކާރަށެވެ. އަދި އެ ހަމަލާ ދީފައި ވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށްވެ އެވެ. އެފްސީޕީޑީ އިން އެ މައްސަލަ ތަހުގީގު ކުރަނީ ވެސް ޑޮމެސްޓިކް ވަޔަލަންސްގެ މައްސަލައެއް ގޮތުގަ އެވެ.