ހަބަރު

ރޯދައާ ދިމާކޮށް އަލިފާންނިވި ޕްރޮގްރާމެއް ފަށަނީ

Apr 28, 2019

ރޯދަ މަހު ބަދިގޭގައި ހިނގައި ފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކަމުގެ ގޮތުން އާންމުން ހޭލުންތެރިކު ރުވުމުގެ ހާއްސަ ޕްރޮގްރާމެއް ފަށަން އެމްއެންޑީއެފުން ތައްޔާރުވެއްޖެ އެވެ.

"ފަޔަރ ޕްރިވެންޝަން ވީކް 2019" ގެ ނަމުގައި ހަތް ދުވަހުގެ މުއްދަތަށް މާލޭސިޓީގެ އިތުރުން އެމްއެންޑީއެފް އޭރިއާތަކުގައި މި ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު، މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ "ފަޔާ ޕްރިވެންޝަން ވީކް" ކުރިއަށް ގެންދަނީ، މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގަ އެވެ.

މާލޭގައި މި ޕްރޮގްރާމް އޮންނާނީ މިއަދު އެވެ. އެއީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި، އެ އިދާރާގެ މުވައްޒަފުންނަށެވެ. އަދި ލޭގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ކުރިމަތީގަ އާއި ވިލިމާލޭގައި ހުންނަ އެމްޓީސީސީ ފެރީޓާމިނަލް ކައިރީގަ އާއި، ހުޅުމާލޭ، ޗައިނާ ފުލެޓް ޕާކް ސަރަހައްދުގެ އިތުރުން، ތާޖުއްދީން ސްކޫލު އަދި، ސިނަމާލެ ޕްލެޓުތައް ކައިރީގައި ކުރިއަށް ގެންދާނެ އެވެ.