ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކަށް ނަޖީބު ހާން

Apr 28, 2019

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ނަޖީބު ހާން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.

އުރީދޫން ބުނީ އެމްޑީގެ މަގާމަށް ނަޖީބް ޚާން އައްޔަންކޮށްފައި ވަނީ، ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޚާލިދް އިބްރާހީމް އަލް-މަޙްމޫދު މަގާމުން އިސްތިއުފާ ދެއްވައި ރިޓަޔާ ކުރެއްވުމުންނެވެ،

ޚާލިދް އިބްރާހީމް އަލް-މަޙްމޫދު ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ޗެއާމަންގެ މަގާމް ފުރުއްވައި، ކުންފުންޏަށް ވަރަށް ގިނަ ކުރިއެރުމާއި ކާމިޔާބީތައް ހޯއްދަވައި ދެއްވާފަ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އައްޔަންކޮށްފައިވާ ނަޖީބް ޚާނަށް މަރުހަބާ ކިޔާ ކަމަށެވެ.