ބޮލީވުޑް

"ބްރަމަސްތުރާ" އަންނަ އަހަރަށް ފަސްކޮޮށްފި

އާޔަން މުކަރުޖީ އާއި ކަރަން ޖޯހަރު އުފައްދަން ތައްޔާރުވަމުން އަންނަ ފެންޓަސީ ފިލްމު "ބްރަމަސްތުރާ" ރިލީޒް ކުރުން އަަންނަ އަހަރަށް ފަަސްކޮށްފި އެވެ.

މި ފިލްމު ރިލީޒް ކުރަން އެންމެ ފުރަތަމަ ހަމަޖައްސާފައި ވަނީ އަންނަ އޯގަސްޓް މަހުގެ 15 އިގަ އެވެ. އޭގެ ފަހުން މި އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހަށް ވެސް ފިލްމު ފަސް ކުރި އެވެ. މި ފިލްމުގެ އެންމެ ފަހުގެ ރިލީޒް ޑޭޓަކަށް އަންނަ އަހަރަށް ވަނީ މިހާރު ނިންމާފަ އެވެ.

"ބްރަަމަސްތުރާ"ގެ ޑައިރެކްޓަރު އާޔަން މުކަރުޖީ ވަނީ ފިލްމު ފަސް ކުރި ކަމަށް ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަަ އެވެ.

އާޔަން ބުނި ގޮތުގައި "ބްރަަމަސްތުރާ" އަންނަ އަހަރަށް ފަސްކުރީ ފިލްމުގައި ގިނަ އަދަދަކަށް ސްޕެޝަލް އެފެކްޓްސްގެ މަސައްކަތްތައް ކުރަން ހުރުމާ އެކު، ސައުންޑާއި މިއުޒިކް ވެސް ފުރިހަމަ ކުރުމުގެ ގޮޮތުން އެކަމަށް އަދިވެސް ގިނަ ވަގުތުތަކެއް ނަގާނެތީ އެވެ.

ފިލްމުގެ ޑައިރެކްޓަރު ރަސްމީކޮށް މިހެން ބުނި ކަމުގައިވިޔަސް، ބޮލީވުޑް ހަބަރުތަައް ގެނެސްދޭ ނޫސްތަކުން ބުނަނީ މި ފިލްމު ރިލީޒް ކުރުން ފަސްކުރީ އެ ދުވަސްވަރު، ސަލްމާން ޚާންގެ "ދަބަންގް 3" ރިލީޒް ކުރުމަށް ހަމަޖެހިިފައިވާތީ އެއްދުވަސްވަރެއްގައި ނުނެރުމަށް ކަމަށެވެ. އަދި، ޑިސެމްބަރުގައި "ބަރަމަސްތުރާ" ނެރެން ކަރަން ބޮޑު ރިސްކެއް ނުނަގާނެ ކަމަށްވެސް ބައެއް ފަރާތްތައް ބުނެ އެވެ.

އާޔަން އާއި ކަރަން އަންނަނީ މި ފިލްމަށް ބޮޑެތި ތައްޔާރީތައް ވަމުންނެވެ. ފިލްމުގެ ލޯގޯ ލޯންޗު ކުރުމުގެ ރަސްމިއްޔާތުވެސް ކުލަގަދަކޮށް ތަފާތު ގޮތަކަށް ފާހަގަ ކޮށްފަައިވާއިރު، މި ފިލްމަށް 150 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމުގައި އާލިއާ އާއި ރަންބީރުގެ އިތުރުން، މުހިއްމު ރޯލްތަކުގައި އަމީތާބް ބަޗަން އަދި "ނާގިން" ޑްރާމާ އިން މަޝްހޫރުވި މޯނީ ރޯއިވެސް ފެންނާނެ އެވެ.