ހަބަރު

ޓްރިވެންޑްރަމްގައި ނުފުރިތިބި، މީހުންނަށް މޯލްޑިވިއަން އިން އެހީވެދީފި

May 2, 2019
6

އިންޑިއާގެ، ޓްރިވެންޑްރަމް އެއާޕޯޓްގައި ނުފުރި ތިބި މީހުންނަށް މޯލްޑިވިއަން އިން އެހީވެދީފި އެވެ.

މޯލްޑިވިއަން ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވީ އިއްޔެ އެވެ. ނަމަވެސް މައްސަލަ ހައްލުކޮށް، މިއަދު ފުރަން އެއާޕޯޓަށް ދިޔަ ފަހުން ވަނީ ފުރަން އޮތް ފްލައިޓް ކެންސަލްވެފަ އެވެ.

އެ ފްލައިޓުގައި ފުރަން އެއާޕޯޓަށް ގޮސް ހުރި މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުނީ މޯލްޑިވިއަން އިން ނުފުރި އެއާޕޯޓުގައި ތިބި މީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.

"އެކޮމޮޑޭޝަން ވެސް ހަމަޖައްސައިދިން މިހާރު މާދަމާ ފުރާ ގޮތަށް ޓިކެޓް ވެސް ލިބިއްޖެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ޓްރިވެންޑްރަމުން މިއަދު ފުރަން އޮތް ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން މޯލްޑިވިއަން އިން ވެސް ވަނީ ބުނެފަ އެވެ.އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފްލައިޓް ފުރުން ލަސްވެފައިވާ ކަމަށެވެ. އަދި މި ފްލައިޓުން ނުފުރި ތިބި މީހުންނަށް އެކޮމޮޑޭޝަން އާއި ކެއުން އަދި ރާއްޖެ އާދެވޭނެ އިތުރު ގޮތެއް ހަމަޖައްސައި ދެމުންދާ ކަމަށެވެ.