ވިޔަފާރި

ރެޑްވޭވް އިން ކޮންކާ ޓީވީ ބޮޑުތަން ހެޔޮކޮށްފި

ރޯދަ މަހަށް ޓީވީއެއް ގަންނަން ބޭނުންވާ މީހުނަށް އަގު ހެޔޮކޮށް، ރެޑްވޭވް އިން ކޮންކާ ޓީވީ ވިއްކަން ފަށައިފި އެވެ.

ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވީ މިހާރު ކޮންމެ މީހަކު ވެސް ބޭނުން ވާނީ ސްމާޓް ޓީވީއެއް ކަމަށާ، ކޮންކާ ޓީވީއަކީ އެންޑްރޮއިޑް ސްމާޓް ޓީވީއެއް ކަމަށެވެ.

"އިންޓަނެޓް ލިބޭ. ބޭނުން ކޮށްލަން ފަސޭހަ، އަގު ހެޔޮ ޓީވީއެއް މިއީ. މިހާރު ވާނެ ބާޒާރުގައި ހުރި އެންމެ އަގު ހެޔޮ ބްރޭންޑަށް،" އޮފިޝަލް ވިދާޅުވި އެވެ.

ކޮންކާ ޓީވީގެ އަގުތައް

  • 43 އިންޗި، 3790ރ. އަށް
  • 49އިންޗި، 5990ރ. އަށް
  • 55 އިންޗި، 7690ރ. އަށް
  • 65 އިންޗި، 11،590ރ. އަށް

ރެޑްވޭވް އިން ދަނީ އާއްމު ދިރިއުޅުމަށް ބޭނުންވާ އެއްޗިހީގެ އިތުރު އިލެކްޓްރޯނިކްސް ގިނަ ސާމާނު ތަކެއް ވިއްކަމުންނެވެ. މީގެތެރޭގައި ޓީވީ އާއި ދޮންނަ މެޝިންފަދަ އެއްޗިހި ވެސް ހިމެނެ އެވެ.