ހަބަރު

އިމާރާތަކުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

May 2, 2019
1

ހަދަމުންދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ އެވެ. އެމީހާ ވެއްޓިފައިވަނީ ފަސް ވަނަ ފަންގިފިލާއިން ހަތަރު ވަނަ ފަންގިފިލާއަށެވެ.

މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. އެމީހާ އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފަ އެވެ.

ބަންގަލަދޭޝްގެ އެ މީހާ އިމާރާތަކުން ވެއްޓި އަނިޔާވެފައިވާއިރު މިއަދު ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެން ބިދޭސީއަކު މަރުވެފައިވެ އެވެ.

އޭގެއިތުރުން މާފުށީ ޖަލުގައި ދެ ބިދޭސީއަކު މާރާމާރީ ހިންގައި އެކަކު ވަނީ ޒަހަމްކޮށްލާފަ އެވެ.

ފުލުހުން އަންނަނީ މުދާ އުފުލާ ދޯންޏެއްގައި މަސައްކަތް ކުރި ބިދޭސީއަކު "ގެއްލުނު" މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ. އަދި ރޭ މާލޭގައި ވަނީ ބިދޭސީއަކު ރަހީނުކޮށް އަނިޔާކޮށްފައެވެ.