ހަބަރު

ވިސާ ހަމަޖެހުނުޖެހި ރާއްޖެ އެތެރެ ނުވެވޭނެ: އިމިގްރޭޝަން

ވިސާ ހަމަޖެހުނުކަން އިމިގްރޭޝަނުން ނާންގަނީސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދެވޭނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ސްރީލަންކަން އެއާލައިންސް އިން މިއަދު ރާއްޖެއަށް އަައި ޖޯޑަންގެ ފަތުރުވެރިއަކަށް ވިސާ ނުދޭން އިމިގްރޭޝަން އިން ނިންމުމުން އޭނާ ރުޅިގަދަވެ، އިންޒާރު ދީފައި ވަނިކޮށް ހަނަފީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ދަތުރުކުރާ ބޭނުމެއްގެ ގޮތުން، ސްޕެޝަލް ވިސާ އަދި ބިޒުނަސް ވިސާ ނަގަން ޖެހޭ ފަރާތްތަކުން އެދޭ ވިސާ ހަމަޖެހުނުކަން ނާންގަނީސް ބައެއް ފަރާތްތަކުން ދަތުރު ކުރަމުން އަންނަ ކަމަށެވެ.

ހަނަފީ އިތުރަށް ވިދާޅުވީ، ވިސާ ހަމަޖެހުނުކަން އިމިގްރޭޝަނުން ނާންގަނީސް ރާއްޖެ ދަތުުރު ކުރި ކަމުގައިވީނަމަވެސް، ރާއްޖެ އެތެރެ ވުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. އަދި އެކަމުގައި އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަނަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާ ކަަމަށެވެ.

ހަނަފީ ކުރެއްވި ޓުވީޓްތައް

މިއަދު ހިފެހެއްޓި ޖޯޑަންގެ މީހާ ހިފަހައްޓާފައިވަނީ، ވިސާ ދިނުމުގައި ފުރިހަމަވާން ޖެހޭ ބައެއް ކަންކަން އޭނާގެ ކިބައިގައި ފުރިހަމަ ނުވާތީ ކަމަށް އިމިގްރޭޝަންގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެއާޕޯޓުގައި ހިފަހައްޓާފައި ހުރި މާދަމާ އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.