ހަބަރު

ވަޅިން ބިރު ދައްކާ ފޭރެން އުޅުނު މީހަކު ހުއްޓުވާ އަނިޔާކޮށްފި

ވަޅިއަކުން މީހަކަށް ބިރުދައްކާ ފޭރެން އުޅުނު މީހަކު ހުއްޓުވާ އޭނާއަށް އަނިޔާ ކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ ޝަހީދު އަލީ ހިނގުމާއި، ފުލޫނިޔާ މަގާ ގުޅޭ ކަންމަތީގައި މިރޭ އިރާކޮޅު، މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލުމާތު ލިބިގެން ގޮސް ބެލި އިރު، ބައިސްކަލެއްގައި ދިޔަ ބިދޭސި އަކަށް ދިވެއްސަކު ވަޅިން ބިރުދައްކާ އޭނާގެ އަތުން ފައިސާ ފޭރެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ބިދޭސީ އެ މީހާއަށް ބިރު ދައްކައި ފޭރެން މަސައްކަތް ކޮށްފައިވަނީ، 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ފޭރެން އުޅުމުން، އެތަނުގައި ތިބި ބަޔަކު އެ މީހާއަށް މާރާމާރީ ހިންގައި އެމީހާއަށް އަނިޔާކުރުމުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.