ކުރީގެ ނޫސްތަކުން: ބައިިސްކޯފު "ޑިޖިޓަލް"ވިއަސް ފޯރި ފަނޑެއްނުވި

ހަަފުތާއަކު އެއްފަަހަރު، ބައެއްފަހަރު ދެ ދުވަހުން އެއް ދުވަހަކު ކަހަލަ ގޮތަކަށް މިތަނަކަށް ގޮސް ހެދި އެވެ. އާ ހެދުން ފަހައިގެން ރީތިވެ ވަަރުގެކޮޅަށް ނަލަވެގެން ގާތް ކުދިންނާއެކު ބައި ހަދާފައި ދިޔައީ މަޖީދީ މަގުގެ މެދެއްހާ ހިސާބުގައި ހުންނަ ބައިސްްކޯފަށެވެ. ދިވެހިންނާ ހިންދީ ބަހާ ގާތްވީ މިހާ ހިސާބުން ކަމަށްވެސް ބައެއް މީހުން ބުނެ އުޅެ އެވެ. ކިރިޔަ ކިރިޔާ ކުލަޖެހެން ފަށާފައި ހުރި ކަމުގައިި ވިޔަސް ބޮލީވުޑުގެ މި ފިލްމުތައް ބެލުމަށް އެންްމެން ލޯ ޖަހައިގެން ތިއްބެވެ. އެ ފިލްމުތަކުގައި އަސަރު ހުއްޓެވެ.

ހެމުން ރޮމުން، ބުނެލާ މޮޅެތި ޑައިލޮގުތަކުން ފިލްމުތަކުގައި އުޅޭ ބަތަލުންނާއި ބަތަލާއިންނަށް ދިވެހިން ވެސް މަރުދިނެވެ. އަދިވެސް އޮތީ އެފަދަ ގޮތެކެވެ.

އޮލިމްޕަހުގައި އޭރު އަޅުވާ ފިލްމުތައް ޗާޕު ކުރާ ނޫހުގެ ސަފުހާއެއްގެ ކުޑަ ގޮޅިއަކަށް ފިއްތާ ލިޔެފަައި ހުރެ އެވެ. ހާއްސަކޮށް ފިލްމުގެ ލީޑު ބަތަލުންނާއި ބަތަލާއިންގެ ނަންތައް ބޯލްޑުކޮށް ފަވާފަ އެވެ. ފިލްމަށް ވުރެ ބޮޑަށް ފިލްމުގެ ލީޑު މީހުން ބަލަން ދާ މީހުންވެސް ގިނަ ވީމަ އެވެ. މަތިން އެ ފެންނަ އިއުލާނުގެ ވާތު ކުޑަ ގޮޅި ހުސްކޮށްފަައި ވަނީ "މިރޭ އޮލިމްޕަހުގައި" އަަޅުވާނެ އެއްޗެއް އިއުލާން ކުރުމަށެވެ.

މިއީ 1970 ވަނަ އަހަރުގެ މޫންލައިޓް އަދަދެއްގައި ޖެހި އިއުލާނެކެވެ. މި އިއުލާނުގައި ފިލްމު ކުޅޭ ތަރިންގެ ކުޑަ ލިސްޓެއް ވަނީ ލިޔެފަ އެވެ. ކަޅާ ހުދު ފިލްމުތަކުން މަޝްހޫރުވި، ބޮލީވުޑު ތަރި ރަންޖަން އާއި ނާލިނީ ޗޯންކަރް އަދި ހުސްނު ބާނޫ ގެ ނަން މި ލިސްޓުން ފާހަގަ ކޮށްލެވެ އެވެ. އެ މީހުންގެ ފިލްމާއި ލަވަ ވެސް އެކިފަހަރުމަތިން އަޅުވާ ކަމަށް އޭރު މި ފިލްމުތަކަށް ގޮސް އުޅުނު މީހަކު ބުންޏެވެ. ތަރުހީބު ލިބޭ ވަރަކުންނެވެ. އިއުލާނުގައި ފިލްމު އަޅުވާނެ ވަކި ވަގުތެއް ޖަހާފައި ނެތުމުން، އާއްމުކޮށް ފިލްމު އަޅުވާ ގަޑިތަކެއް އޮންނަ ކަމަށްވެސް ބެލެވެ އެވެ. ގަޑިތައް ކިޔައިދިނުމުގެ މާ ބޮޑު ބޭނުމެއްވެސް ބައިސްކޯފަށް ގޮސް އަބަދު ވަދެ އުޅޭ މީހުންނަށް މުހިއްމެއް ނުވާނެ އެވެ.

ފިލްމުތަކުގެ އިތުރުން ދިވެހިންގެ ސްޓޭޖް ޝޯ ތަކަކީވެސް އޭރު ބައިސްކޯފުގައި ވަރުގަދަ ކޮށްލި އެކައްޗެވެ. މޮޅެތި ޖާދޫގަރުންނާއި މޫނުގައި ކުލަ ހާކައިގެން ތަމްސީލު ޑްރާމާތައް ކުޅޭ މީހުންނާއެކު އޮލިމްޕަހުގެ ހުރިހާ ގޮނޑިބަރިތައް ފުރި އެވެ. ދިވެހިންނާ ދޯޅު ތަފާތު ކޮސްޓިއުމްތައް އަޅައިގެން ސްޓޭޖު އެކްޓިންގެ ހުނަރުވެސް އޭރުު ފުރިހަމަ ކުރި އެވެ. މި ތަަމްސީލުތަކަށް ހިތްވަރުދޭން އަތްޖަހާނެ ބޮޑު ކްރައުުޑް އެއްވެސް އޮވެ އެވެ. މޫންލައިޓްގެ އެއް ސަފްހާގައި ޖަހާފަައި ހިމަނާފައި ހުރި އެެ އިސްތިހާާރު ސްލޮޓުގައިި ވެސް މިކަހަލަ ހަރަކާތެއް ފެންނާނެ ކަމަށް ލިޔެފަައި ވެ އެވެ. "ޝާ ޒިޝް - ތަޅާ ފޮޅުމާއި ހިތްވަރުގަދަކަން ދެއްކުން" މިއީ ކުރީގެ ރެސްލިންގް މެޗެއް ކަމަށް ދެންް ބަލަމާ ހިނގާށެވެ؟

އާއްމުކޮށް ކޮންމެ ދުވަހަކުހެން ކުރި މި އިިއުލާންތައް މިހާރު ފެންނަނީ ސްކްރީނުންނެވެ. ކުޑަ ނޫން ބޮޑު ގޮޅި އެއްގަ އެވެ. އޮލިމްޕަހާ އެއްވަރުގެ އިތުރު ސިނަމާ އެއް އުފައްދާ ބޮލީވުޑްގެ ޑްރާމާތަކުން ނިކުމެ ހޮލީވުޑްވެސް ދިވެހިންނާ ގާތް ކޮށްލައިފި އެވެ. ސިނަމާގައި ފިލްމެއް އަޅުވާނަމަ އެ ފިލްމެއްގެ ހުރިހާ ތަފްސީލެއް ސިނަމާގެ ވެބްސައިޓުން އޮންލަައިން ކޮށް ބަލާލެވެ އެވެ. ފިލްމު ޝެޑިއުލް އިން ފަށައިގެން ސީޓު ބުކް ކޮށް ޓިކެޓު އަތަށް އައުމާ ހަމައަށެވެ. ހަމަ އެއް ޓަޗުންނެވެ.

އޮލިމްޕަހުގައި "މިރޭ އަޅުވާނީ" ޑިޖިޓަލްކޮށްލާ ފަސޭހަ ކޮށްލައިފި އެވެ. އާ ހެދުން ފަހާ މޭކަޕުކޮށް ފިލްމު ބެލުމަށް ހުރި ޖޯޝާއި ފޯރި މިހާރުގެ ޒުވާނުންނަށް ކުޑަކޮށް ޖޯކު ވިޔަސް އެކަމަކު އެއީވެސްް އުފާވެރި ދުވަސްވަރެކެވެ.