ދުނިޔޭގެ ކަންކޮޅުތަކުގައި ރޯދަ ފެށުން

7 މޭ 2019، މާލެ - ދުނިޔޭގެ ގިނަ ގައުމުތަކަށް މިހާރު ވަނީ ރޯދަ މަސް ފަށާފަ އެވެ. އިސްލާމީ ގިނަ ގައުމުތަކާއި މުސްލިމް ބޮޑެތި އާބާދީތައް އޮންނަ ހުޅަނގުގެ ގައުމުތަކުގައި މި ބަރަކާތްތެރި މަހަށް ތަޔާރުވުމުގެ ގޮތުން ތަފާތު ކަންކަން ކޮށް އުޅެ އެވެ. ތަފާތު ސަގާފަތްތަކާއި އާދަ ކާދަ އެކުލެވޭ ގިނަ ކަންތައްތަކެއް ކުރެ އެވެ. ރާއްޖޭގައިވެސް ތަފާތު ކަންކަން ހިނގައެވެ.
ރޯދަ މަހަށް ތާކިހާ ވިއްކަން ތާއްޔާރުވެފައި އިން މީހެއް އަފްގާނިސްތާނުގެ މާރުކޭޓެއްގައި މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
ރޯދަ މަހާ ދިމާކޮށް ސައުދީން ބެހި ކާބޯތަކެއްޗާއެކު އަފްގާނިސްތާނުގެ އަންހެނެއް މާދުކޮށްލައިގެން. -- ފޮޓޯ: އޭޕީ
ރޯދަ މަހާ ދިމާކޮށް ތައިލަންޑު ސަރުކާރުން ބެހި ކާބޯތަކެތި ހިފައިގެން ކުޑަކުދިންތަކެއް ދަނީ. -- ފޮޓޯ: އޭއެފްޕީ
އިރާގުގެ އަލް ނޫރު މިސްކިތުގައި މެއި 5 ވަނަ ދުވަހު ތަރާވީހް ނަމާދު ކުރަނީ -- ފޮޓޯ: ގެޓީ އިމެޖަސް
މާތްވެގެންވާ ގުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސޯގެ ގޯތި ތެރޭގައި މުސްލިމުން ތަރާވީހް ނަމާދު ކުރަނީ. -- ފޮޓޯ: ގެޓީ އިމެޖަސް
ރޯދަ މަހާއި ދިމާކޮށް ޖަމިއްޔާއަކުން ބެހި ކާބޯތަކެތި ހިފައިގެން ޔަމަނުގައި ހާލުގައި ޖެހިފައިތިބި މުސްލިމުންތަކެއް ދަނީ. -- ފޮޓޯ: ރޮއިޓާސް
ޕާކިސްތާނުގެ ޕެޝާވަރުގައި ހުރި މިސްކިތެއްގެ ކާޕެޓުތައް ސާފުކުރަނީ. ޕާކިސްތާނުގައި ރޯދަ ހިފަން ފަށާފައިވަނީ މެއި 7 ގައި. -- ފޮޓޯ: އޭޕީ
ބަރަކާތްތެރި ރަމަޟާން މަސް ފެށުން ފާހަގަކުރުމަށް ޒަމާނުއްސުރެ ބާއްވަމުން އަންނަ ޖާފަތަށް އިންޑޮނީޝިއާގެ ޖާވާ ސަރަހައްދުގައި ތައްޔާރުވަނީ. -- ފޮޓޯ: އޭއެފްޕީ
ރަމަޟާން މަސް ފެށުމުގެ ކުރިން ފެންވެރުމާއި، މަރުވެފައިވާ އާއިލާ މެމްބަރުންގެ މަހާނަތަކަށް ޒިޔާރަތްކުރުމާއި، ބޮޑެތި ޖާފަތްތައް ބޭއްވުމަކީ އިންޑޮނީޝިއާގެ ސަގާފަތެކެވެ. -- ފޮޓޯ: އޭއެޕްޕީ
އިންޑޮނީޝިއާގެ ޖަކާޓާގައި ހުންނަ އިސްތިގުލާ މިސްކިތުގައި މެއި 5 ގައި ތަރާވީހް ނަމާދު ކުރަނީ. ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑީ އިންޑޮނީޝިއާގައި. -- ފޮޓޯ: އޭއެފްޕީ
ބޮސްނިއާ އެންޑް ހޭޒަގޮވިނާގެ ސެރެޔޭވޯގައި ހުންނަ މިސްކިތަކަށް ތަރާވީހް ނަމާޒުކުރަން ގޮސްތިބި އަންހެނުންތަކެއް. -- ފޮޓޯ: އަނަޑޫލޫ
ގުދުސްގައި ހުރި ފިހާރައަކުން ފަލަސްތީނު މީހުންތަކެއް ބޮކިފަތި ގަންނަނީ: ރޯދަ މަހާ ދިމާކޮށް ގެތަކުގައި ކުލަ ބޮކިފަތި ދެމުމަކީ ފަލަސްތީނުގެ ސަގާފަތެއް. -- ފޮޓޯ: އޭއެފްޕީ
ބަރަކާތްތެރި ރަމަޟާން މަސް ފެށުން ފާހަގަކުރަން ބޮސްނިއާ އެންޑް ހޭޒަގޮވިނާގައި ހަވާ އަރުވަނީ. -- ފޮޓޯ: އަނަޑޫލޫ
ޕާކިސްތާނުގެ މާރުކޭޓެއްގައި މީހަކު ކަދުރު ވިއްކަނީ: ޕާކިސްތާނުގައި ރޯދަ ހިފަން ފަށާފައިވަނީ މެއި 7 ގައި. -- ފޮޓޯ: އޭއެފްޕީ