ވިޔަފާރި

މޯލްޑިވް ގޭހުގެ ފައިދާ 112.5 ޕަސެންޓް މައްޗަށް

May 8, 2019
11

މޯލްޑިވް ގޭހަށް މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ސާފު ފައިދާ މިދިޔަ އަހަރާ އަޅާ ބަލާއިރު 112.5 ޕަސެންޓް އިތުރު ވެއްޖެ އެވެ.

މޯލްޑިވް ގޭހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ލިބިފައިވަނީ އަށް މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 17 މިލިއަން އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 112.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެ ކުންފުންޏަށް މި އަހަރުގެ ޖެނުއަރީ މަހު ފައިދާގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޖެހިގެން އައި މަހު ލިބިފައިވަނީ 3.9 މިލިއަން ރުފިޔާގެ އެވެ. އަދި މާރިޗް މަހު ވަނީ 5.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ކުންފުނިން މިދިޔަ އަހަރު ވަނީ ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވް ގޭހަށް މިދިޔަ އަހަރު 223 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.