އަލިފާން

މޫކައި ހާދިސާއާ ގުޅިގެން ހައްޖު ކޯޕަރޭޝަން ބަންދު

May 8, 2019

ރޭ މޫކާއި ހޮޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ހިންގާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް ބަންދުކޮށް އެތަނުގެ ހިދުމަތްތައް މާދަމާއާ ހަމައަށް މެދުކަނޑައިލައިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

އެ އަލިފާނުގެ ހާދިސާ ހިގައިފައިވަނީ މޫކައި ހޮޓަލުގެ ހަ ވަނަ ފަންގިފިލާގަ އެވެ. އެ ހާދިސާގައި ރޯވި އަލިފާންގަނޑު ރޭ ވަނީ ނިއްވާލައިފަ އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މޫކައި ހޮޓަލު އިމާރާތުގައި ގިނަ އޮފީސްތަކެއް ހުންނަ އިރު، ހައްޖު ކޯޕަރޭޝަންގެ އޮފީސް ހިންގަނީ ދެވަނަ ފަންގިފިލާގަ އެވެ.

ހައްޖު ކުންފުނީގެ ކައުންޓަރު މާދަމާއި ހަމައަށް ބަންދުކުރަންޖެހިފައިވަނީ، މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ކުރިމަތިލާފައިވާ ކުންފުނިތަކުގެ ޝަރުތު ހަމަވޭތޯ ބެލުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދަނިކޮށެވެ.