ވިޔަފާރި

އުރީދޫ މަސް ރޭސް 16 ޓީމާއެކު ފަށައިފި

May 9, 2019

ރޯދަ މަހު އުރީދޫ މޯލްޑިވްސް އިން ބާއްވާ، މަސް ރޭސް 16 ޓީމާއެކު ފަށާނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އިއްޔެ ފެށި މަސް ރޭސް މި އަހަރު ކުރިއަށް ގެންދަނީ ގިނަ އަދަދެއްގެ ޕާޓްނަރުންގެ އެހީތެރިކަމާއެކުގަ އެވެ. މި އަހަރު މަސް ރޭހުގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވަނީ ފިޝަރީޒް މިނިސްޓްރީ އާއި ވީމީޑިއާ އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މާލެ ސިޓީ ކައުންސިލެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާން 23 ޓީމެއް ހުށަހެޅި އެވެ. ނަމަވެސް، ފުރުސަތު ލިބިފައިވަނީ 16 ޓީމަކަށެވެ. މި އަހަރު ފުރުސަތު ލިބުނު ޓީމުތަކަކީ:

  • ދިވެހި ސިފައިންގެ ކްލަބް
  • ހަބޭސް ބޮޑުބެރު
  • ކްލަބް 220
  • ޓީމް ވެލައްސަރު
  • ޓީމް ބިއޯ
  • މޯލްޑިވް ގޭސް
  • އެންޒީ
  • ފައިނިޔަ
  • ޓީމް ރަސް އައިނު
  • ޓޫރިޒަމް ކްލަބް
  • ސްޓެލްކޯ މެންސް
  • އަންނަތަރާ މޯލްޑިވްސް
  • ޑީއެސްސީ ވުމެން
  • ޔުނައިޓެޑް ބީއެމްއެލް ލޭޑީސް
  • އެމްޓީސީ ކަނބަރުލް
  • ސްޓެލްކޯ ވުމެން

އުރީދޫ މަސްރޭސް މި އަހަރު ދައްކާނީ ވީޓީވީ އިންނެވެ. ވީޓީވީ އިން މަސް ރޭހުގެ ޝޯތައް ދައްކާނީ ހޮނިހިރު ދުވަހު އެވެ. މި އަހަރުގެ މަސް ރޭހަށް ވެސް އައުޓް ބޯޑް އިންޖީނާއި އަގު ބޮޑު ބޮޑެތި އިނާމުތަކެއް ހުށަހަޅާފައިވެ އެވެ.