ހަބަރު

ދިރާގުން އައިޖީއެމްއެޗްގެ ޕްލޭ އޭރިއާ އާކޮށްދީފި

May 10, 2019

ކުޑަ ކުދިންގެ ދުވަހާ ގުޅުވައިގެން އައިޖީއެމްއެޗްގައި ދިރާގުން ގާއިމްކޮށްފައިވާ ޕްލޭ އޭރިއާ އާކޮށްފި އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން ބުނީ ހޮސްޕިޓަލްގެ ޕްލޭ އޭރިއާ އިތުރަށް މަރާމާތުކޮށް ކުދިން ގަޔާވާ ގޮތަށް ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ މަންޒަރުތަކުން ޒީނަތްތެރި ކޮށްދީފައިވާނެ ކަމަށެވެ. މީގެ އިތުތުން އާ އިކުއިޕްމަންޓް ވެސް ހަދިޔާކޮށްފައިވާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަންނަ ގޭޓް ކައިރީ ހުންނަ ޕްލޭ އޭރިއާއަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ގިނަ އަދަދެއްދެ ކުދިން ބޭނުން ކުރާ ތަނެކެވެ. ދިރާގުން ބުނީ އެ ތަން ގާއިމް ކުރީ ހޮސްޕިޓަލަށްދާ ކުޑަ ކުދިން ގަޔާވާނެ އަދި އެ ކުދިންނަށް ހިތްހަމަ ޖެހުން ލިބޭނެ ފަދަ މާހައުލެއް ހޮސްޕިޓަލުގައި ގާއިމުކޮށްދޭން ވެގެން ކަމަށެވެ.

ދިރާގުން ކޮންމެ އަހަރަކު ރޯޑް ރޭހެއް ބާއްވާ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ތަފާތު ޖަމިއްޔާތަކަށް އެހީތެރިވެ އެވެ.