ހަބަރު

އުމްރާއަށް ފަހު ފެތުރިދާނެ ރޯގާތަކަށް ސަމާލުވާން އެދެފި

Jul 16, 2015

މި ދުވަސްވަރަކީ ރޯދަމަހުގެ ރާއްޖެއިން އުމްރާގެ އަޅުކަމަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނަ ދުވަސްވަރަށްވާތީ މި ދުވަސްވަރު ފެތުރިދާނެ ރޯގާތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ އެކަމަށް ރައްކާތެރިވުމުގެ ގޮތުން މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ދުރާލާ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ހައްޖާއި އުމްރާއާ ގުޅިގެން ފެތުރޭ ރޯގާ ތަކާއި މެދުއިރުމަތިން ރިޕޯޓް ކުރަމުންދާ "މާސް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ.

އުމްރާއިން އަންނަތާ ފުރަތަމަ 14 ދުވަސްތެރޭ ހުން އައިސް ކެއްސާ އަދި ނޭވާލާން އުނގިދަގޫވާފަދަ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ހައްޖާއި އުމްރާއިން އަންނަ ފަރާތްތަކަށް ހާއްސަ ކްލިނިކުތައް ގާއިމްކޮށްފައި ހުންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ހުރިހާ އަތޮޅު ހޮސްޕިޓަލުތަކުގަ އެވެ.