ހަބަރު

އާ ގާނޫނުލް އުގޫބާތަކީ ރާއްޖޭގައި ހެދި އެންމެ ޒަމާނީ ގާނޫނު: އޭޖީ އޮފީސް

Jul 16, 2015

 އަމަލު ކުރަން ފެށި އާ ގާނޫނުލް އުގޫބާތަކީ ރާއްޖޭގައި މިހާތަނަށް އެކުލަވައިލި އެންމެ ޒަމާނީ ގާނޫނު ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށީ މިއަދު އެވެ. 

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާ ގާނޫނުލް އުގޫބާތަކީ ދިވެހި ސަރުކާރުން މިހާތަނަށް ބޮޑަށް ދިރާސާއެއް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން އެކުލަވާލެވުނު އެންމެ މިޒަމާނުގެ ގާނޫނެއް ކަމަށާއި އުގޫބާތުގެ ގާނޫނު  އައިސްފައި ވަނީ ޒަމާނީ ވިސްނުމާ އެކު ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ޖިނާއީ އިޖުރާއަތުގެ ބިލު އަވަހަށް ނިމި މިނިވަން ކަމަށް 50 އަހަރު ފުރޭ މި ދަނޑުވަޅުގައި ފާސްވުމަކީ ވެސް ވަރަށް ބޮޑު އުންމީދެއް ކަމަށާއި އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމަކީ ލިބިުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.