ހަބަރު

ހޯރަފުށީގެ ތަރައްގީއާ ގުޅޭ މާސްޓަޕްލޭން ހަދާނެ ބަޔަކު ހޯދަނީ

May 14, 2019

ހއ. ހޯރަފުށީގެ ތަރައްގީއާ ގުޅޭ މާސްޓާ ޕްލޭނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ހޯރަފުށި ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވައިޒް ކުރުމާއި ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލައި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލާ ކަމަށެވެ.

އެކަމަށް ޝައުހުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ވެސް އިއުލާންގައިވެ އެވެ.

ޕްރޮޕޯޒަލް ހުށަހަޅަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ޕްރޮޕޯޒަލް ހުށަހަޅަން ބޭނުންވާ ފަރާތުގެ ސިޓީއެއް އެއް ހުށަޅަން ވާނެ އެވެ. އަދި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނާފައިވާން ޖެހޭނެ ކަމަށްވެސް އިއުލާންގައި ވެއެވެ.