މޯލްޑިވިއަން

ޓީޓީއެމްގެ އެއާލައިން ޕާޓްނަރަކަށް މޯލްޑިވިއަން

ރާއްޖޭގައި ބާއްވާ ޓޫރިޒަމް ފެއާއެއް ކަމަށްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ އޮފިޝަލް އެއާލައިން ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައިފި އެވެ.

ޓީޓީއެމްް ފެއާ ބާއްވަނީ ކުރިން ވެސް މި ފެއާ އިންތިޒާމު ކުރާ މޯލްޑިވްސް ގެޓަވޭސް އިންނެވެ. ނަމަވެސް މި އަހަރުގެ ފެއާއާ ދިމާކޮށް އެ ކުންފުނިން ވަނީ ރީބްރޭންޑްކޮށް، އޯކާ މީޑިއާ ގްރޫޕުން ބާއްވާ ފެއާ އެކެވެ. މިއީ މި ފެއާ ބާއްވާ ތިން ވަނަ ފަހަރެވެ. މި އެއްބަސްވުމުގައި އޯކާ މީޑިއާ ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ ސީއީއޯ ހުސެން ސަނީ އުމަރު އެވެ. މޯލްޑިވިއަންގެ ފަރާތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިޝަތު ޖެނިފާ އެވެ.

ރާއްޖޭގައި ބާއްވާ ޓޫރިޒަމް އެންމެ ބޮޑު ފެއާ، ކަމަށްވާ ޓީޓީއެމް ފެއާ ބާއްވަނަ ހަމަޖެހިފައިވަނީ، 11 ޖޫން އިން ފެށިގެން 13 ޖޫން އަށެވެ. މީގެ ކުރިން ބޭއްވި ޓީޓީއެމްގެ ދެ ފެއާގައި، ޓޫރިޒަމާއި ގުޅުން ހުރި ދާއިރާތަކުން 500 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.

ޖޫން މަހު ބާއްވާ ޓީޓީއެމް ފެއާގައި 300 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެ އެވެ. މި ފެއާ ބޭއްވުމުގެ އަމާޒަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަހަރަކު ދެ މިލިއަން ޓޫރިސްޓުންނަށް 2020 ގެ ކުރިން އިތުރު ކުރުމެވެ.