ހަބަރު

15 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޕޯސްޓްމޯޓަމް ހަދަނީ

May 16, 2019

ފަނަރު އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅު މަރުވާން މެދުވެރި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފި އެވެ.

މި ހަފުތާ ތެރޭގައި 15 އަހަރުގެ ކުއްޖާ ވިހާފައިވަނީ އެ ކުއްޖާގެ ގޭގަ އެވެ. ވިހުއުމަށްފަހު ހާލު ބޮޑުވެގެން އެ ކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔަ އެވެ. އޭރު ވިހެއި ދަރިފުޅު ވަނީ މަރުވެފަ އެވެ.

މިކަން ހިނގާދިޔަ ރަށުގެ މައުލޫމާތު ވެސް ފުލުހުން ހާމަ ނުކުރަން ވަނީ ނިންމާފަ އެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާ ވިއްސުމުގެ އެހީތެރިވެފައިވަނީ އެ ކުއްޖާގެ މަންމަ އާއި ލޯބިވެރިޔާ އެވެ. ފުލުހުން ގެންދަނީ އެކަން ތަހުގީގު ކުރަމުންނެވެ.