ވިޔަފާރި

އުރީދޫ ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓަށް

ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓަށް، ރާއްޖޭގައި ޓެލެކޮމް ހިދުމަތް އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި، އުރީދޫ ގްރޫޕް ހިމެނިއްޖެ އެވެ.

ދުނިޔޭގައި މުއާސަލާތީ ކުންފުނިތައް ލިސްޓުކޮށް ގިންތި ކުރާ "ބްރޭންޑް ފައިނޭންސް" ގެ ޓެލެކޮމް 300، 2019 ރިޕޯޓާ ހަވާލާދީ އުރީދޫ ގްރޫޕުން ބުނީ އެ ކުންފުނީގެ ބްރޭންޑިން ވެލިއު 3.7 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

އުރީދޫ ގްރޫޕަށް ލިބުނު މި ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގައި އޮތް ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމުގައި އެ ކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.

ގަތަރަށް ނިސްބަތްވާ އުރީދޫ ގްރޫޕުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ކުރި އެރުން ތަކެއް ވަނީ ހޯދާފަ އެވެ. މި އަހަރު އެންމެ ވަރުގަދަ 50 ކުންފުނީގެ ލިސްޓަށް އެރުމަކީ އެ ކުންފުނިން ހޯދި ބޮޑު ކާމިޔާބީ އެކެވެ. އަދި މި މުއްދަތުގައި އުރީދޫ ބްރޭންޑުގެ ރޭޓިން ވަނީ "އޭއޭ ޕްލަސް" އަށް އަރާފަ އެވެ. އޭއޭ ޕްލަސްއަކީ އެންމެ ވަރުގަދަ ބްރޭންޑު ތަކަށް ލިބޭ ރޭޓިން އެވެ.