ދުނިޔެ

އޮސްޓްރޭލިއާ: ތިމާވެއްޓާ އިގުތިސޯދުގެ ބަހުސްގެ ތެރެއިން ވޯޓުލުން ކުރިއަށް

May 18, 2019

ކެންބެރާ (މެއި 18) - މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމުގެ އިތުރުން، ހީނަރުވެފައިވާ އިގުތިސޯދު ކޮޅަށްޖެހުމުގެ ވައުދުތަކާއެކު، އޮސްޓްރޭލިއާގައި ވޯޓުލުން ފެށިގެން ކުރިއަށް އެބަދެ އެވެ.

ހާއްސަކޮށް އޮސްޓްރޭލިއާގެ ޒުވާނުންވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަކީ މިހާރު ގައުމަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތުގެ ގޮތުގައި ބަލަން ފަށައިފަ އެވެ.

ޕާލިމަންޓުގެ ތިރިގޭގެ މެޖޯރިޓީ ހޯދަން 77 ގޮނޑި ބޭނުންވާއިރު، މިހާރު ވެރިކަންކުރާ ކޯލިޝަނަށް 73 ގޮނޑި ލިބިފައިވާއިރު ލޭބާ ޕާޓީއަށް ލިބިފައިވަނީ 72 ގޮނޑި އެވެ.

ޕާޓީތަކުގެގެ އެތެރޭގެ ކޯޅުން ބޮޑު އޮސްޓްރޭލިއާގައި ފާއިތުވި 12 އަހަރު ތެރޭގައި ހަ ބޮޑުވަޒީރުން ވަނީ އައްޔަނުކުރަންޖެހިފަ އެވެ.