ހަބަރު

ހިތަދޫ އެކްސިޑެންގައި އަނިޔާވި ޒުވާނާ އައިސީޔޫގައި ހާލު ސީރިއަސް

May 19, 2019
2

އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ހިތަދޫގައި ކާރަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 25 އަހަރު ނަދީމް މޫސާގެ ވާތުފައި ބިންދައިގެން ގޮސްފައިވެ އެވެ. އަދި އޭނާގެ ބޯ ފަޅައިގެން ގޮސް، އިތުރު އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ، އޭނާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށާއި އަދިވެސް ހާލު ސީރިއަސް ކަމަށެވެ.

ނަދީމް އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެވެ. އޭނާ މާލެ ގެނެސްފައި ވަނީ ވެންޓިލޭޓަރުގެ އެހީގައި އެވެ.