މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

އުމްރާއަށްދިޔަ ދިވެހި އަންހެނަކު ގެއްލިގެން ހޯދަނީ

އުމްރާއަށް ދިޔަ އުމުރުން ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ކ. ދިއްފުށީގެ އެ އަންހެންމީހާ ގެއްލިގެން ހޯދާއި އޭނާއާއެކު ފިރިމީހާވެސް އުމްރާއަށް ދިޔަ އެވެ. އަންހެން މީހާ ގެއްލިގެން ހޯދަމުންދަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

ގެއްލުނު އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް މިހާރު ހައްޖު ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ. އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު ޓްވިޓާ މެދުވެރިކޮށް މިއަދު ވިދާޅުވީ އުމުރުން ދުވަސްވީ އެ މީހާ އުމްރާއަށް ގޮސް ގެއްލުނީ ޞަފާ އާއި މަރުވާއާގެ ހިނގުމުގައި މިިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އަންހެން މީހާ ނުލައި އެ ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު 84 މީހަކު އުމްރާއަށް ދިޔަ ކަމަށެވެ. އެ އެންމެންގެވެސް ހާލު ރަނގަޅު ކަމަށެވެ.

ހައްޖަށާއި އުމްރާގެ އަޅުކަމަށް ދާ ބައެއް މީހުން މީގެ ކުރިންވެސް ގެއްލިގެން ރިޕޯޓް ކޮށްފައިވެ އެވެ.