ހަބަރު

ހިތަދޫ އެކްސިޑެންގައި އަނިޔާވި ޒުވާނާގެ ހާލު ރަނގަޅު

May 22, 2019
2

އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ޒަހަމްތައްވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ހިތަދޫގައި ކާރަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 25 އަހަރު ނަދީމް މޫސާގެ ވާތުފައި ބިންދައިގެން ގޮސްފައިވެ އެވެ. އަދި އޭނާގެ ބޯ ފަޅައިގެން ގޮސް، އިތުރު އަނިޔާތައް ވެސް ލިބުނެވެ.

އައިޖީއެމްއެޗުން ބުނީ އޭނާ ހޭ އަރާފައިވާ ކަމަށާއި މިހާރު ހާލުވެސް ރަނގަޅުވަނުން އަންނަ ކަމަށެވެ. އަދި ބުނީ އޭނާގެ މެގްޒިލޯ ފޭޝަލް އަދި ކަށީގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި މިވަގުތު އޭނާ އޮތީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.