overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އެޗްޑީސީ

އެޗްޑީސީން 148 މީހަކު ވަކިކޮށްފި

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 148 މީހުން ވަޒީފާ އުނިކޮށްފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހްމަދު އަވަސް އަށް މިއަދު ހަވީރު ވިދާޅުވީ، 148 މުވައްޒިފުން ވަކިކޮށްފައިވަނީ އެއް ފަހަރާ ނޫން ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ މަހުން ފެށިގެން މިއަދާ ހަމައަށް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަށް ކަމަށެވެ. އަދި އެ މުވައްޒިފުންގެ ތެރޭގައި އަމިއްލައަށް ވަޒީފައިން ވަކިވި މީހުންވެސް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ވަޒީފާއިން ވަކިވެފައިވަނީ ހުޅުމާލޭ އެކި ސަރަހައްދުތައް ބަލަހައްޓަން ނެގި މުވައްޒިފުންނާއި އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ ސެކިއުރިޓީންނާއި އަދި ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުން ވަޒީފާއިން ވަކިކުރި ފަރާތްތަށް ކަމަަށެވެ،

ސުހެއިލް ވިދާޅުވީ، މުވައްޒިފުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، އަމިއްލައަށް ކެނޑިގެން ދިޔަ މީހުންނާއި ކޮންޓްރެކްޓް ހަމަވުމުން މުއްދަތު އިތުރު ނުކޮށް ދިން މުވައްޒަފުން ކަމަށެވެ. އަދި އެކުންފުނިން ފުރަތަމަ މީހުން ނަގަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ކަމަށާއި، އެއަށްފަހު އޮންނަ އުސޫލުގެ ދަށުން ކުންފުނިން ބޭނުން ނުވާ ނަމަ މުވައްޒިފުގެ ކޮންޓްރެކްޓް އާ ނުކޮށް ދޫކޮށްލަނީ ކަމަށެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 150 މީހަކަށް އެޗްޑީސީއިން ވަޒީފާ ދިން ކަމަށްވެ އެވެ. ސުހެއިލް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް އެ ކުންފުނިން ގިނަ އަދަދަކަށް މީހުނަށް ވަޒީފާ ދީފައިވާ ކަމަށެވެ. އެހެންކަމުން 148 މީހުންގެ ތެރޭގައި ރިޔާސީ އިންތިހާބާ ދިމާކޮށް ވަޒީފާ ދީފައިވާ ފަރާތްތަށް ހިމެނުންވެސް އެކަށީގެންވާ ކަމަށެވެ.