ހަބަރު

އިތުރު ހިދުމަތްތަކެއް ދަރުމަވަންތަ ހޮސްޕިޓަލަށް

May 22, 2019

މާދަމާއިން ފެށިގެން އިތުރު ދެ ހިދުމަތެއް ރާއްޖޭގެ ދަރުމަވަންތަ ރަސްގެފާނަށް ނިސްބަތްވާ ދަރުމަވަންތަ ހޮސްޕިޓަލުން ދޭން ފަށާނެ ކަމަށް އިންޑިއާގެ އިންދިރާ ގާންދީއަށް ނިސްބަތްވާ އައިޖީއެމްއެޗްއިން ބުނެފި އެވެ.

މީގެ ކުރިން އައިޖީއެމްއެޗްގެ ތެރޭގައި ދެމުން އައި ފިޒިއޮތެރަޕީ ޑިޕާޓްމެންޓް ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ހަތަރުވަނަ ފަންގިފިލާއަށް ބަދަލުކޮށްފަ އެވެ. ކުރިން އައިޖީއެމްއެޗްގެ އިމާރާތުގައި އެ ޑިޕާޓްމެންޓް ހުރި ތަން މިހާރު ބޭނުން ކުރަނީ އެމެޖެންސީ ވޯޑެއްގެ ގޮތުގަ އެވެ.

މިއަދު އައިޖީއެމްއެޗްއިން ބުނި ގޮތުގައި އަލަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ހިދުމަތަކީ އެތެރެހަށީގެ ބަލިތަކާއި ކުށަކުދިންނަށް ހާއްސަ ބަލިތަކުގެ އޯޕީޑީ އެވެ. އެއީ 25 ބުރީގެ އެ އިމާރާތުގެ ދެވަނަ ފަންގިފިލަ އެވެ.

އޭގެއިތުރުން ފަސް ވަނަ ފަންގިފިލާގައި މިހާރު ވެސް ވަނީ ސްޕީޗް ތެރަޕީގެ ހިދުމަތް ފަށާފަ އެވެ.