ހަބަރު

ދިއްފުށީގެ މާރާމާރީގައި ހާލު ދެރަވި މީހާގެ ސާޖަރީ ހަދައިފި

ކ. ދިއްފުށީގައި ރޭގަ ހިނގި މާރާމާރީ ގައި ހާލު ސީރިއަސްވި މީހާގެ ސާޖަރީ ހަދާފަވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ރޭގައި މާލެ ގެނެވުނު އިރު ދެ އަތަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ ކަމަށެވެ. ޒަހަމްވި މިހާގެ އަތުގެ ސާޖަރީ މިއަދު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރާމާރީގައި ޒަހަމްވި ދެވަނަ މީހާ އަށް ފަރުވާ ދިނުމަށް ފަހު އެ ރަށު ހެލްތް ސެންޓަރުން ވަނީ ދޫ ކޮށްލާފައެވެ.

ދިއްފުށީގައި ރޭގައި ހިނގި މާރާމާރީ އަކީ ވައްކަމުގެ މައްސަލައެއްގައި ހިނގައިދިޔަ ހަމަނުޖެހުމެކެވެ. އެ ރަށު ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ވެސް ރޭ ވަނީ ރޯ ކޮށްލާފައެވެ.