ހަބަރު

ތޫމް ރެސްޓޯރަންޓުގައި އަލިފާނުގައި ހާދިސާއެއް ހިނގައިފި

ބޮޑުތަކުރުފާނު މަގު އެމްޑީޕީ ހަރުގެ ކަންމައްޗަށްވާ ގޮތަށް ހުންނަ ތޫމް ރެސްޓޯރެންޓުގައި މިރޭ އަލިފާންގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

މިޑްލް އީސްޓުގެ ކެއުންތަކަށް މަޝްހޫރު ތޫމް ރެސްޓޯރެންޓުގައި ރޯވި އަލިފާންގަނޑު ވަނީ ނިންވާލާފަ އެވެ. އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވީ ގޭސްފުޅި ކައިރީގައި ހުރި ޑަސްބިނުގައި ކަމަށެވެ. ހާދިސާގައި އިމާރާތަށް ވެސް ގެއްލުމެއް ނުލިބެ އެވެ.

ތޫމް ރެސްޓޯރަންޓުގެ މެނޭޖަރު އަހްމަދު ވިދާޅުވި ގޮތުގައި އަލިފާން ރޯވާން ދިމާވި ކަމަށް ބެލެވެނީ، ގޭސް ލީކެއްގެ ސަބަބުންނެވެ.