ހަބަރު

މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެމީހަކަށް އަނިޔާވެއްޖެ

May 27, 2019

ހަދަމުން އަންނަ މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ، އަނިޔާވެފައި ވަނީ އެ މިސްކިތުގައި މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީންއަކަށް ކަމަށާއި އެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިިބިފައިނުވާ ކަމަށެވެ. އެ ދެމީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ، އެހާ ދިސާ ހިނގާފައިވަނީ ބިއްލޫރި ޝީޓް މައްޗަށް ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ.

މާވެޔޮ މިސްކިތުގައި މި ހާދިސާ ހިނގިއިރު މާފަންނު ފައިފޮހޭ މިސްކިތުގެ ގޮތުގައި މަޝްހޫރުވެފައިވާ މުހައްމަދު ޖަމީލު މިސްކިތުގެ މަސައްކަތެއްގައި އުޅުއްވަނިކޮށް އެ މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓުނު އެސްޓީއޯގެ އިސްވެރިއެއް ކަމަށްވާ މުސްތަފާ އަޒްމީ ވަނީ އަވަހާރަވެފަ އެވެ.