ހަބަރު

ޝާހިދު ސައުދީއަށް ފުރައިވަޑައިގެންފި

އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައޫދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންފި އެވެ.

މިނިސްޓާ ޝާހިދު ޓްވީޓެއް ކުރައްވާ ވިދާޅުވީ، މި ކޮންފަރެންސްގައި އިސްލާމީ އުއްމަތަށް ދިމާވާ ގިނަ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ. މިއީ 14 ވަނަ ކޮންފަރެންސެވެ. މި ފަހަރުގެ ކޮންފަރެންސް ބާއްވަނީ މައްކާގަ އެެވެ.

ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވިވެޑައިގަތުމަށްފަހު މިނިސްޓާ ޝާހިދު މީގެ ކުރިން ވަނީ ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ރާއްޖެ އާއި ސައޫދީ އާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް ސައޫދީ އަރަބިއްޔާއަށް ވެދެވޭނެ އެހީއާ މެދު މަޝްވަރާ ކުރައްވެވި އެވެ.