ހަބަރު

އެކްސިޑެންޓެއްގައި ކުއްޖަކު ޒަހަމްވެ ފޭބި ލޭ ފެނުމުން މީހަކު ހޭނެތިއްޖެ

ކުޑަ ކުއްޖަކު އަރުވައިގެން ސައިކަލެއް ދުއްވި އަންހެނެއްގެ އަތުން ސައިކަލްގެ ކޮންޓްރޯލް ގެއްލިގެން ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖާ ޒަހަމްވެ އަންހެން މީހާ ހޭނެތިއްޖެ އެވެ.

މި ރޭގެ މި އެކްސިޑެންޓް ހިނގާފައި ވަނީ މާލޭގެ ބޮޑުރަސްގެފާނު މަގަުން ދުއްވާފައި ދަނިކޮށް ސައިކަލްގެ ކޮންޓްރޯލް ގެއްލިގެނެވެ. އެކްސިޑެންޓްގައި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ އެ މަގުގެ ފިހާރައެއްގަ ބޭރު ބިއްލޫރިގަނޑުގަ އެވެ، އަދި އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ސައިކަލް ކޮންޓްރޯލްވީ ފިހާރައިގެ އެތެރޭގަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ އަންހެން މީހާ ކުޑަކުއްޖާ ގޮވައިގެން ސައިކަލްގައި ދަނިކޮށް އެ މަގުން ހިނގާފައި ދިޔަ ކުޑަ އެހެން ކުއްޖަކު ކުއްލިއަކަށް ސައިކަލު ކުރިމައްޗަށް އެރުމުން އެ ކުއްޖާ ގައިން ސައިކަލް ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އަދި ބުނީ 8:35 ގައި ހިނގި އެކްސިޑެންޓްގައި ސައިކަލްގެ ކޮންޓްރޯލް ގެއްލި ފިހާރައިގެ ބިލޫރިގަނޑު ތަޅައިގެގެން ގޮސް ފިހާރައިގެ ތެރޭގައި މަޑުވި އިރު އަންހެން މިހާ ހޭ ނެތިފައިވާ ކަމަށާއި ސައިކަލްގައި އިން 10 އަހަރުގެ ކުޑަ އަންހެން ކުއްޖާގެ އަތް ކައިފައިގެން ގޮސް ޒަހަމްވެފައިވާ ކަމަށެވެ. އަންހެން މީހާ ހޭ ނެތުނީ ކުޑަކުއްޖާގެ އަތް ކަފައިގެން ގޮސް ފޭބި ލޭ ފެނުނުމުން ކަމަށް ވެއެވެ.

އަންހެން މީހާ އާއި ކުޑަ ކުއްޖާ އައިޖީއެމްއެޗަށް ގެންގޮސް ވަނީ ފަރުވާ ދީފަ އެވެ. އަންހެންމީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނޯވެ އެވެ.