ވިޔަފާރި

ދިވެހި މަސްވެރިންނަށް ސްޓެބިސިސް އިން ޑްރޯންއެއް ދީފި

Jun 1, 2019
1

ދޮށީގެ މަސްވެރިކަން ޕްރޮމޯޓް ކުރަން މަސައްކަތް ކުރާ ޒުވާނުން ތަކެއް ހިމެނޭ ދިވެހި މަސްވެރިނަށް "ސްޓެބިސިސް" ފިހާރަ އިން ޑްރޯން އެއް ހަދިޔާކޮށްފި އެވެ.

ޑީޖޭއައި ޑްރޯންގެ ރާއްޖޭގެ އޮތޮރައިޒް ރީޓެއިލް ޝޮޕް (އޭއާރްއެސް) ސްޓެބިސިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވީ ދިވެހި މަސްވެރިންނަށް މި ޑްރޯން ހަދިޔާ ކުރީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.

"މަސްވެރިކަމަށް ޒަމާނީ ބަދަލުތައް ގެނެސް، އެކަން އިޝްތިހާރު ކުރަން މަސައްކަތް ކުރާ ޒުވާނުންތަކެއް މި ކޮމިއުނިޓީގައި ހަރަކާތެރިވަނީ. އެހެންވެ، އެކަމަށް ހިތްވަރު ދޭން ޑްރޯންއެއް ހަދިޔާކުރީ،" ނިހާދު ވިދާޅުވި އެވެ.

ސްޓެބިސިސް އިން ދަނީ ޑީޖޭއައި ޑްރޯންގެ އެކި ބޭނުން ތަކަށް ހާއްސަ ޑްރޯންތައް ވިއްކަމުންނެވެ. އެ ފިހާރާގައި ބޮޑެތި މަސައްކަތްތަކާއި ސާޗް އެންޑް ރެސްކިއު އާއި ފިލްމް ހެދުން އަދި މެޕް ކުރެހުމާއި އާއްމުކޮށް ރިކްރިއޭޝަން ބޭނުންތަކުގައި ގެންގުޅޭ ޑްރޯން ވެސް ވިއްކަ އެވެ.

ނިހާދު ވިދާޅުވީ އެ ފިހާރަ އިން ގަންނަ ޑްރޯން ތަކަށް ތިން މަސް ދުވަހުގެ ވޮރަންޓީގެ އިތުރުން ސާވިސް ވެސް ދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އަތުން ޑްރޯން ގަތީމަ ތަފާތަކީ އަގު ހެޔޮވުން. މީގެ އިތުރުން އިންސްޓޯލްމަންޓް ސްކީމް ތަކުން ވެސް ޑްރޯން ޑްރޯން ލިބެން ހުންނާނެ. އެހެންވެ ވަރަށް ޑިމާންޑް ބޮޑު. އަގު ހެޔޮ ވީމަ ބޭރު މީހުން ވެސް ރާއްޖެ އައިސް އުޅޭއިރު ޑްރޯން ގަނެގެން، ގެންދޭ،" ނިހާދު ވިދާޅުވި އެވެ.