ހަބަރު

އަސްމާގެ ފިރިކަލުން ޝަރީފު އަވަހާރަވެއްޖެ

Jun 2, 2019
1

ކުރީގެ ވަޒީރު އަދި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ބައްޕާފުޅު، އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދުގެ ފިރިކަލުން ހުސައިން ޝަރީފު އަވަހާރަވެއްޖެ އެވެ.

ޝަރީފު އިންޑިއާގައި އަވަހާރަވީ އޭނާގެ ހާލުކޮޅު ސީރިއަސް ވެގެން މީގެ ތިން ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރަށް ގެންގޮސް ފަރުވާދެމުން ގެންދަނިކޮށެވެ. އޭގެ ކުރިން އޭނާއަށް އައިޖީއެމްއެޗުގައި ވެސް ފަރުވާ ދިނެވެ.

ޝަރީފު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގަ އެވެ. އޭގެ ކުރިން ފޮރިން މިނިސްޓްރީގައި ވެސް ހިދުމަތް ކުރައްވާފައި ވެއެވެ. ޝަރީފުގެ ތިއްބަވަނީ ތިން ބޭފުޅުންނެވެ.