ހަބަރު

ފަގީރުންނަށް ފިތުރު ޒަކާތް ބެހުން މާދަމާ

މާދަމާއިން ފެށިގެން ފަގީރުންނަށް ފިތުރު ޒަކާތް ބަހަން އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މާދަމާ ޒަކާތް ދޫކުރަން ނިންމާފައި ވަނީ މި އަހަރު އަލަށް އެކުލަވައިލި ފަގީރުންގެ ދަފުތަރުގައި ޖައްސާފައިވާ ފަރާތް ތަކަށް ކަމަށެވެ.

ޒަކާތު ފައިސާ ދޫކުރާނީ އިސްލާމިކް މަރުކަޒު ހޯލުންނެވެ. ގޮވާމުގެ ބާވަތްތަކުން ޒަކާތް ދޫކުރާނީ އަރަބިއްޔާ ސްކޫލު ހޯލުގަ އެވެ. ޒަކާތް ދޫކުރާނީ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް، އަދި އުފަންދުވަހުގެ ސެޓްފިެޓްގެ އަސްލު ހިފައިގެން ދިއުމުންނެވެ.

ޒަކާތް ދޫކުރާ ދެ މަރުކަޒުގައި ވެސް ޒަކާތް ދޫކުރާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 12:45 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.